ލޮބުވެތި ދަރިވަރުންނެވެ. ކިޔެވުމަކީ ވަރަށް ހިތްވަރާއެކު ނޫނީ ކުރެވޭނެ
ކަމެއް ނޫނެއެވެ. އަދި ކިޔެވުމުގެ ދައުރުގައި ދިމާވާ ތަފާތު ގޮތް ޖެހުންތަކަށް
ކެތްތެރިވާން ދަސްކުރާށެވެ. އަދި ތިމާގެ ފަރާތުން ކުށެއް ނުދައްކާ ތިމާގެ ގޮތުގައި
ހުރުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ކޮންމެ މުދައްރިސަކީވެސް ތިމާއަށް ހެޔޮއެދޭ
ބައިވެރިއެއް ކަމަށް ހަދާށެވެ. މުދައްރިސުންގެ ލޯބި ބޭނުންނަމަ ކިޔެވުމުގައި
ކުރިއަރާދާށެވެ. ޙާއްޞަކޮށް ދީނީ ވާޖިބްތައް އަދާކުރާ އަދި އަޙުލާޤު ރިވެތި
ބަޔަކަށްވާށެވެ. ބެލެނިވެރިން ނުކިއްސަރު ގޮތަކަށް ދާނަމަ އެބައިމީހުންނަށް ވިސްނައިދެވޭ
ވަރުގެ ކުދިބަޔަށްވާށެވެ. މިހާރު ނުވިސްނި ކަމެއް ފަހަކުން ނުވިސްނޭނެއެވެ. މިހާރު
ނުވި ރައްކަލެއް ފަހަކުންނުވާނެއެވެ.
No comments:
Post a Comment